English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތް ކޮށްފައިވަނީ އެހެން ޕާޓީތައް ވެރިކަމަށް ގެނައުމަށް ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ވިދާޅުވީ ޖުމްހޫރީ ޕާޓީން ފާއިތުވެދިޔަ ނުވަ އަހަރުދުވަހު ކުރަންޖެހިފައިވަނީ ވަރަށް ހިތި ތަޖުރިބާއެއްކަމަށާއި ޕާޓީގެ ފަހުލަވާނުންނާއެކު ފަލިޖަހާފައި 2018 އާ ދިމާއަށް ދަތުރުކުރަންޖެހޭ ކަމަށެވެ.މީގެ އިތުރުން އުމަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ކިބައިގައި 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭ ވަރުގެ ފޯރމިއުލާއެއް ނެތް ކަމަށާއި އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގައި ފޮމިއުލާއެއް އެބައޮތް ކަމަށެވެ. އަދި 2018ވަނަ އަހަރު ގާސިމް އިބްރާހީމް ރިޔާސީ އިންތިޚާބަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އުމަރުވަނީ ވިދާޅުވެފައެވެ

ގުޅިފައިވާ އިދިކޮޅު އިއްތިހާދުން އެއް ކެނޑިޑޭޓަކު ނެރޭ ވާހަކަ މީގެ ކުރިން ދައްކާފައިވާއިރު އިދިކޮޅު އެމްޑީޕީއިން ބުނެފައިވަނީ އެޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނީ ޕާޓީގެ ކެންޑިޑޭޓެއް ކަމަށެވެ