ފެނަކަ ކޯޕަރޭޝަންގެ ސ. ހުޅުދޫމީދޫ ބްރާންޗުގެ ޑިރެކްޓަރުގެ މަގާމަށް ހުޅުދޫ ތަޑިރަންމާގޭ ސައީދާ މުތީއު އައްޔަންކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އިއްޔެ ސައީދާ މުތީއު މި މަގާމަށް އައްޔަންކޮށްފައިވާއިރު މިއަދު އޭނާވަނީ އޮފީހަށް ނިކުމެފައެވެ.
ފެނަކަ ހުޅުދޫމީދޫ ބްރާންޗުގެ ޑިރެކްޓަރުގެ މަގާމަށް ސައީދާ އައަޔަންކޮށްފައިވަނީ އެ މަގާމުގައި ހުންނެވި އިބްރާހީމް އަޝްރަފު މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.
ހުޅުދޫ އަންހެނުންގެ ގުޅުން (ހުއަނގު) ޖަމިއްޔާގެ ރައީސާގެ މަގާމު އަދާކޮށްފައިވާ ސައީދާ މުތީއުއަކީ އެ ރަށުގެ އިޖްތިމާއީ ކަންކަމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.