English Edition
Dhivehi Edition
ފޮޓޯ:އަހުމަދު ޝުރާއު | އަވަސް

ތަރައްގީ އާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ލޯނު ނަގަންޖެހޭކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ

ރޭ ޒުވާނުންގެ ދުވަހާ ގުޅިގެން، ޒުވާނުންގެ އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ލޯނު ނުނަގައި ގައުމުގެ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށާއި ޒުވާނުންނަށް ފުރުސަތުތައް ހޯދައި ދިނުމަށް ލޯނު ނަގަން ޖެހޭ ކަމަށެވެ.މީގެ އިތުރުން ރައީސް ވިދާޅުވީ ލޯނު ނަގަނީ ޒުވާނުންނަށް ވަޒީފާ ހޯދައިދީ ޒުވާނުންނަށް ބޭނުންވެފައި ހުރި ބޯހިޔާވަހިކަން ފަދަ އެންމެ ބޮޑެތި ދަތިތައް ހައްލުކޮށް ދިނުމަށްކަމަށެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ ބަޖެޓަކީ ޒުވާނުންނަށް އިތުރު ތަނަވަސްކަން ލިބޭނެ ބަޖެޓެއްކަމުގައިވީ ހިދު ލޯނެއް ނަގައިގެން ޒުވާނުންގެ ހާލަތު ރަނގަޅު ކުރަން އިދިކޮޅު ބޭފުޅުން ބޭނުން ނުވާނަމަ، ރައްޔިތުންގެ ކުރިމަތީގައި އޮތީ މާޔޫސްކަންކަމުގައެވެ.މީގެ އިތުރުން ރައީސް ވިދާޅުވީ ޒުވާނުންނަށް ބޯހިޔާ ވަހިކަން ހޯދައި ދިނުމަށް ލޯނު ނަގަން އިދިކޮޅު ފަރާތްތަކުން ބޭނުން ނުވާ ކަމުގައެވެ.

ދައުލަތުން ނަގަމުންދާ ލޯނުތަކާ ގުޅިގެން، ދައުލަތުގެ ދަރަނި 2018 ނިމޭއިރު 50 ބިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އަމާޒު ކުރަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ ލޯނު ނުނަގާނަމަ ތިބި ގޮތުގައި ތިބެންވީ ކަމަށާއި ލޯނު ނުނަގައި ތަރައްގީގެ ބޮޑެތި މަޝްރޫތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި ލޯނު ނެގުމަކީ ގޭތެރޭގެ އެންމެ އާދައިގެ ކަންކަމާ ވެސް ގުޅިފައި އޮތް ކަމެއްކަމަށާއި އެއްވެސް މީހަކީ ފައިސާތަކަކާ އެކު ދުނިޔެއަށް އަންނާނެ މީހެއް ނޫން ކަމުގައެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ދިވެހިންނަށް އޮތީ ދެ ‘އޮޕްޝަން’އެއް ކަމަށެވެ. އެއީ ލޯނު ނަގައިގެން ކުރިއަށް ދިއުމާއި ލޯނު ނުނަގައި ކުރިއަށް ދިއުން ކަމަށެވެ. އަދި ލޯނު ނުނަގައި ކުރިއަށް ދާ ނަމަ ތިބެން ޖެހޭނީ ހުއްޓުން އަރާފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ