English Edition
Dhivehi Edition

ސައުދީ ސަރުކާރުން ހައްޖުވެރިންނަށް، އެއްވެސް ކަހަލަ އެއްޗެއް ބޭނުންކޮށްގެން މައްކާގެ މަސްޖިދުލް އަލް ހަރަމް އާއި މަދީނާގެ މަސްޖިދުއް ނަބަވީގައި ފޮޓޯ އާއި ވީޑިއޯ ނެގުން މަނާކޮށްފިއެވެ

ސައުދީ އަރަބިއްޔާގެ ސަރުކާރުން ބުނެފައިވަނީ މި ފިޔަވަޅު އެޅަންޖެހުނީ ގެފުޅުގައި އަޅުކަންކުރާ މީހުންނަށް ދިމާވާނެ ދަތިތަކާއި އުނދަގޫތަކުން ދުރުކުރުމަށްކަމަށާއި ބައެއްފަހަރު އަޅުކަން އަދާކުރަން ދާ ފަރާތްތަކުން’ޓޫރިސްޓުން’ އަމަލު ބަހައްޓާ ގޮތަށް އުޅެމުންދާތީ ކަމަށެވެ. ފާއިތުވެ ދިޔަ އަހަރުތަކުގައި ހައްޖުވެރިން ކައުބަތުﷲގެ ފުޅާއި މިސްކިތްތަކުގައި ނަގާފައިވާ ސެލްފީތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ސައުދީއިންވަނީ މި ކަމުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ސައުދީން ބުނެފައިވަނީ ސެލްފީ އާއި ފޮޓޯތަކުގެ ސަބަބުން މާތްވެގެންވާ ތަންތަނުގެ ހުރުމަތް ކެޑެމުންދާ ކަމަށާއި އެފަދަ އަމަލުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށެވެ.ސައުދީ އިން ބުނެފައިވަނީ ގެފުޅާއި މަސްޖިދުއް ނަބަވީގައި ފޮޓޯ ނަގައި ހަދާ ނަމަ ފޯނާއި ކެމެރާތައް އަތުލުމަށް ސެކިޔުރިޓީންނަށް އަންގައިފައިވާ ކަމަށެވެ

ސައުދީ އަރަބިއްޔާގައި ސެލްފީ ނެގުން ބޮޑު ބަހުސްއަކަށްވެފައިވާއިރު ސެލްފީ ނަގަންވާނީ ކޮންމެހެން ނަގަން ޖެހޭ ހާލަތްތަކުގައި ކަމަށާއި އެހެންނޫނީ ސެލްފީ ނެގުމަކީ ހަރާމްކަމެއްކަމަށް ބައެއް އިލްމުވެރިންވަނީ ފަތުވާ ދެއްވާފައެވެ