English Edition
Dhivehi Edition
2020 ވަނަ އަހަރު މާލެ މަގުމަތީ ފުލުހުން ހަރަކާްތްތެރިވަނީ ސަން ފޮޓޯ -- ފަޔާޒު މޫސާ

މާލޭ ގެއެއްގެ ތެރޭ ދިވެހިންތަކެއް ރަހީނު ކުރި މައްސަލާގައި ހައްޔަރު ކުރި ކުޑަކުއްޖާ އާއިލާއާ ހަވާލުކޮށް، އަނެއް މީހާ ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ ހެންވޭރު “އަބަދަށް އުފާ” މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްފައިވާ ކަމުގެ މައުލޫމާތު އިއްޔެ ލިބުމާއެކު އެކަމަށް އެޓެންޑުވެ، ބާރުގެ ބޭނުން ކޮށްގެން އެތަނުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އަދި ރަހީނުކޮށްފައި ތިބި މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އުމުރުން 18 އަހަރުގެ ކުއްޖާވަނީ އާއިލާއާއި ހަވާލުކޮށްފައެވެ. އަދި މި މައްސަލައިގައި އެނެއް މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ތިބި ބަޔަކު ސަލާމަތް ކޮށްފި

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.

މިފަހަކަށް އައިސް މާލެއާއި އަތޮޅުތަކުގައި މީހުން ރަހީނު ކުރުމުގެ ހާދިސާތައް އަންނަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ދިވެހިން، ދިވެހިން ރަހީނު ކުރުމާއި ބިދޭސީން، ދިވެހިން ރަހީނު ކުރުން ވެސް ހިމެނެއެވެ.