English Edition
Dhivehi Edition
2020 ވަނަ އަހަރު މާލެ މަގުމަތީ ފުލުހުން ހަރަކާްތްތެރިވަނީ ސަން ފޮޓޯ -- ފަޔާޒު މޫސާ

މި އަހަރުގެ މިހާތަނަށް އެކިއެކި މައްސަލަތަކާއި ގުޅިގެން 50 ފުލުހަކަށް ފިޔަވަޅު އަަޅައި، 20 ފުލުހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

“ޕީއެސްއެމް” އިން ގެނެސްދިން ހަފްތާ 52 ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ފުލުހުންނަކީ ނުފޫޒުން ސަލާމަތްވެ، ކުށްތަކުން އެއްކިބާވެފައި ތިބި ބަޔަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން އެފަދަ ކަމެއް ކޮށްފައިވާ ނުވަތަ ކުރަމުން އަންނަ ފަރާތްތަކަށް ފުލުހުންގެ ތެރޭގައި އޮންނަ ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެގޮތުން މިއަހަރު ތެރޭގައި ވެސް ފުލުހުންނާއި ގުޅޭގޮތުން ހުށަހެޅުނު އެކިއެކި ޝަކުވާތަކާއި މައްސަލަތަކަށް ބަލައި، 50 އަށްވުރެ ގިނަ ފުލުހުންނަށް ފިޔަވަޅު އަޅައި 20 ފުލުހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ޝުޖާއު ވިދާުވީ އެފަދަ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ނަމަ، އެ ތުހުމަތު ކުރެވޭ ފުލުހުން ވެސް އެބޭފުޅުން ކުރިއަށް ގެންދާ ތަހުގީގަށް އެއްބާރުލުންދޭ ކަމަށެވެ.

 

ޓެގު