English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ

ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލުގެ ކޮންޓްރޯލް ދީގެން ދުއްވި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ލުހުން ބުނީ، އެ ސައިކަލު ދުއްވި މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވާ ކަމަށެވެ. އެގޮތުން ގަސްތުގައި ކުއްޖަކު ނުރައްކަލަކަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ޓްރެފިކް ގާނޫނާ ހިލާފްވި މައްސަލައިގައި ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

އިތުރަށް ފުލުހުން ބުނީ މި މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިފަދަ ގޮތަކަށް ކުއްޖެއްގެ އަތަށް ސައިކަލުގެ ކޮންޓްރޯލް ދިނުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ޓެގު