English Edition
Dhivehi Edition
ރޭ ދިން ހަމަލާގައި މަރުވި ޝުއައިބް/ ފޮޓޯ: ސޯޝަލް މީޑިއާ

ރޭ އައްޑޫސިޓީ މަރަދޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާ ދީ މަރާލާފައިވާ އަހުމަދު ޝުޢެއިބްގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އުމުރުން 25 އަހަރުގެ ދިވެހި ފިރިހަނަކު ހައްޔަރުކޮށްފައިވާ ކަމަށާ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

އައްޑޫގައި ރޭ ވަޅިންހަމަލަދީ ޒަޚަމް ކޮށްލި މީހާ ނިޔާވެއްޖެ

ރޭ ހިނގި މި ހާދިސާގައި ޒަޚަމްވި މީހާ ހޮސްޕިޓަލަށް ގެނަައިއިރުވެސް ގިނަ އަދަދަކަށް ލޭ ފައިބަމުން ދިޔަކަމަށް އެ ވަގުތު އެ ސަރަހައްދުގައި ހުރި ‘އޭއޯ ނިއުސް’ގެ ނޫސްވެރިޔާ ވަނީ ބުނެފައެވެ. އެމީހާ ހޮސްޕިޓަލަށް ގެނައުމާއެކު ވަގުތުން ފަރުވާދޭން ފެށި ނަމަވެސް ހާލު ސީރިއަސްވެ ނިޔާވެފައިވަނީ ފަތިހުގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކޮއްކޮ ބޭބެގެ ގަޔަށް ވަޅިހަރާފައިވަނީ މަސްތުގެ ހާލުގައި ހުރެގެންނެވެ. އަދި އަނިޔާދީފައިވަނީ އެމީހުން ދިރިއުޅޭ ގޭގެ ދުވާރުމަތީގައެވެ. މަންޒަރު ދުށް ބައެއް މީހުން ބުނީ ކޮއްކޮ، ބޭބެގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާއިރު، މެއަށްވެސް ވަޅި ހަރާފައި ވާކަމަށެވެ.