ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން ނެރޭ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން އަށް ދޭ ސަޕްރައިޒެއް ކަމަށް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ވީޓީވީ” އިން ގެނެސްދޭ “ފަސްމަންޒަރު” ޕްރޮގްރާމްގައި ވާހަކަދައްކަމުން ރިޔާޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވޯޓްލާން ރަނގަޅު ކެނޑިޑޭޓެއް ނެރޭނެކަމަށާއި ގުޅިފައިވާ ޕާޓީތަކަކީ ވެރިކަން ކުރަން ގާބިލް ބޭފުޅުން ވަރަށް ގިނަ ޕާޓީތަކެއް ކަމުން އެއީ އެބޭފުޅުންނަށް އޮތް ވަރަށް ބޮޑު ފައިދާއެއްކަމުގައެވެ. މީގެ އިތުރުން ރިޔާޒު ވިދާޅުވީ ޑަރުންގެ މެދުގައި ރިޔާސީ ކެންޑިޑޭޓަކާއި ބެހޭ ގޮތުން މަޝްވަރާ ކުރަމުންދާކަމަށާއި ރައީސް މައުމޫނާއި،ކުރީގެ ރައީސް ނަޝީދާއި، ގާސިމް އިބްރާހިމް އަދި ޝައިޚް އިމްރާންގެ ވިސްނުންފުޅުގައިވެސް އެއް ކެނޑިޑޭޓަކު ނެރުމުގެ ވިސްނުން އެބަހުރިކަމަށެވެ.
ރިޔާޒް ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ނެރޭ ރިޔާސީ ކެންޑިޑޭޓް 2018 ގައި ދައްކާލުމުން ރައީސް ޔާމީން ދާނީ “ސިއްސައިގެން” ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރިއަށްދާ ދުވަސްވަރު ރައީސް ޔާމީން ޤައުމު ދޫކުރައްވައި ފިއްލަވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ރިޔާޒްވަނީ ވިދާޅުވެފައެވެ.