English Edition
Dhivehi Edition
އިޔާޒު ނަސީމް ފޮޓޯ: އޭއޯ ނިއުސް

ޒުވާނުން ހަމައެކަނި ހުސްވާން ޖެހެނީ ކުޅިވަރަށް ނޫން ކަމަށާއި ވަޒީފާ އަކީވެސް ޒުވާނުން ނަށް ވަރަށް މުހިންމު އެއްޗެއްކަމުގައި އައްޑޫ ސިޓީ މީދޫ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އިޔާޒު ނަސީމް ވިދާޅުވެއްޖެއެވެ.

މީދޫގެ ޕީއެންސީ ޔޫތު ހައުސްގައި ޒުވާނުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި އިޔާޒް ވަނީ ޒުވާނުން ބާކީ ނުކޮށް މިސަރުކާރުގައި ވަޒީފާގެ ޔަގީން ކަން އޮންނާނެ ކަމުގެ ޔަގީން ކަން ޒުވާނުންނަށް ދެއްވާފައެވެ. މީގެ އިތުރުން އިޔާޒް ވިދާޅުވީ ރަށުގެ އެންމެ މުހިންމު އެއްބަޔަކީ ޒުވާނުން ކަމަށް ވާއިރު ރަށުގެ ކުރިއެރުމަށް އަދި މުޖްތަމައުއަށް ކޮށްދޭން ބޭނުންވާ ކޮންމެކަމެއް ކޮށްދިނުމުގެ މަގުފަހި ކޮށްދެއްވާނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާކޮންމެ ވަގުތަކު އެންމެ ކައިރީގައި ހުންނަވާނެކަމުގެ ޔަގީންކަން އިޔާޒު ވަނީ ދެއްވާފައެވެ.

ސަރުކާރުގެ ކެންޑިޑޭޓް އިޔާޒު ނަސީމުގެ ކެމްޕެއިން ލޯންޗުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. މި ކެމްޕެއިން ޖަލްސާގައިވެސް އިޔާޒު ވަނީ މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ފައިދާހުރި ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައްޔަތުންނަށް ދެއްވާފައެވެ. އަދި ޒުވާނުންނަށް ހާއްސަކޮށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެކަމަށް އިޔާޒު ވިދާޅުވެފައިވާއިރު މީދޫގައި ހުޅުވި ޕީއެންސީގެ ޔޫތު ހައުސްއަކީ ރާއްޖޭގައި ހުޅުވުނު ޕީއެންސީގެ ފުރަތަމަ ޔޫތު ހައުސްކަން ފާހަގަކޮށްލެވެ. މިތަން ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު މި ހިނގާ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

އިޔާޒު ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ހޯއްދެވީ ހުސްވި ޖެނުއަރީމަހު 27 ވަނަ ދުވަހު ބޭއްވުނު މީދޫ ދާއިރާގެ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިގެންނެވެ. މިފަހަރުގެ އިންތިހާބުގައި މީދޫ ދާއިރާގެ ގޮނޑިއަށް ޖުމްލަ ފަސް ކެންޑިޑޭޓަކު ވާދަކުރައްވާއިރު އިޔާޒުގެ ކެންޑިޑޭޓް ނަމްބަރަކީ 2 ކެވެ.