English Edition
Dhivehi Edition

ކުށްވެރިންނަށް މާފު ދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ, ޖަލު ހުކުމްތައް ތަންފީޒު ކުރަމުންދިޔަ 20 ކުށްވެރިޔަކަށް މައާފުދީ ދޫކޮށްލައިފި އެވެ

މައާފު ދީފައި ވަނީ ރާއްޖޭގެ އެކިއެކި ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ 20 ގައިދީއަކަށެވެ .މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އަހްމަދު ލުގްމާން ވިދާޅުވީ މައާފު ދިނުމުގެ އުސޫލުގެ ތެރެއިން 20 މީހުން އަނބުރާ މުޖްތަމައު އަށް ނެރެފައިވާ ކަމަށާއި އެއީ ކުދި ކުށްތަކުގައި ޖަލަށް ލާފައިވާ ކުށްވެރިންކަމުގައެވެ

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ފުރުސަތުގެ ގަވާއިދުގެ ނަމުގައި އާ ގަވައިދެއް މިދިޔަ އަހަރު ވަނީ އެކުލަވާލައިފަ އެވެ. މި ގަވައިދަކީ ޖިނާއީ ކުށުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ އުޅުމަށާއި އަހުލާގަށް ބެލުމަށްފަހު، އަދި މުޖުތަމައަށް އެނބުރި އައިސް، މުޖުތަމައަށް ފައިދާހުރި، ދިރިއުޅުމުގެ ފުރުސަތެއް އޮތް މީހުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެ މީހަކު ކޮށްފައިވާ ކުށަށް މައާފު ދިނުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވައިދެކެވެ. އަދި މި ގަވައިދުގައިވާ ގޮތުން މާފު ދެވޭނީ އެ މީހެއްގެ މައްޗަށް އެންމެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާނަމަ އެވެ