English Edition
Dhivehi Edition
ކާނަލް ނާޒިމް- ފޮޓޯ: މިހާރު

ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް ޢަބްދުއް ޞަމަދު (ސަމަދުބެ)ގެ ކިބައިން ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ މާފަށް އެދެން ޖެހޭކަމަށް އެމްއެންޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހީމަށް އެރުވުމަށް އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާވަނީ އިންޑިއާގެ އިމިގުރޭޝަނުން ހައްޔަރުކުރުމަށްފަހު އެ ޤައުމުން އަނބުރާ ފޮނުވައިލި ސަމަދުބެ އަށް ވަރަށް ބޮަޑަށް މަލާމަތްކުރައްވާ ފާޑުވިދާޅުވެފައެވެ.

މި ގޮތުން މާރިޔާ ވިދާޅުވީ މާރިޔާ ވިދާޅުވީ އަވައްޓެރި ޤައުމެއްގެ އަސްކަރިއްޔާއަށް އެކި ގޮތްގޮތުން ގޮންޖަހައި އަޑުއުފުލާ ފައުޖެއްގެ ކުރީގައި ދިދަ ހިފައިގެން އުޅުއްވި ބޭފުޅެއްގެ ވާހަކަ މީޑިއާއަށް މިދޭތެރެއިން ތިލަވެގެން އުޅުނު ކަމަށެވެ.

މާރިޔާއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް

މާރިޔާގެ ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ކާނަލް ނާޒިމް ވިދާޅުވީ އެންމެންގެ ކުރިމަތީގައި ސަމަދުބެގެ ކިބައިން މާފަށް އެދުމަށް މާރިޔާއަށް ގޮވާލާފައެވެ. މީގެ އިތުރުން ކާނަލް ނާޒިމް ވިދާޅުވީ އާންމު ތަންތަނުގައި ދިވެހި ރައްޔިތެއްގެ ތަކުލީފުތަކަށް މަލާމާތް ކުރުމަކީ މިނިސްޓަރެއް، ހާއްސަކޮށް ޑިފެންސް މިނިސްޓަރުގެ ކަރާމާތާއިމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.