English Edition
Dhivehi Edition
ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - ފޮޓޯ: އައިޔޫއެމް

ޑިފެންސް މިނިސްޓަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ހައްޔަރުކުރަން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ރޭ ބ. އޭދަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ މާރިޔާއަކީ ޑިފެންސް މިނިސްޓަރުކަމަށް ވާތީ އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް މިހާރު މާރިޔާ އަދާ ކުރައްވަމުން ގެންދަވަނީ ދިފާއީ ވަޒީރުގެ ރޯލު ނޫންކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ ވާހަކަފުޅުތަކުގެ ސަބަބުން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އޭނާގެ އަނބިކަނބަލުންގެ ސަލާމަތަށް ނުރައްކާވެފައިވާކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ އެ ވާހަކަތަކުގެ ސަބަބުން ބޭރު ގައުމުތަކަށް ދަތުރުކުރުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށެވެ.

މި ރާއްޖޭގައި ތިބި ސިޔާސީ ލީޑަރުންގެ ސަލާމަތަށް ނުރައްކާ ވާވަރަށް މާރިޔާ ނުރައްކާކުރަމުން ގެންދާކަން ފާހަގަކޮށް ޝަހީމް ވަނީ ދިވެހި ރާއްޖޭގެ ސިޔާސީ ބާރުތަކުން މާރިޔާ ހައްޔަރުކުރުމަށް ގޮވާލާފައެވެ.