English Edition
Dhivehi Edition
ފޮޓޯ: ވަގުތު އޮންލައިން

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްްމަދު ނާޒިމް ވޯޓު ލައްވައިފިއެވެ.

ނާޒިމް ވޯޓު ލައްވާފައި ވަނީ މާފަންނު މަދަރުސާގައި ބަހައްޓާފައި ހުރި މާފަންނު އުތުރު ދާއިރާގެ ދެވަނަ ވޯޓު ފޮށްޓަށެވެ.

ނާޒިމް ގެ އިތުރުން ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަ ފާރިސް މައުމޫނު ވެސް ވަނީ ވޯޓު ލައްވާފައެވެ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރާއިރު މިއީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބެވެ.