English Edition
Dhivehi Edition

އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން މެޑަމް ފާތުމަތު އިބްރާހިމް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ބާއްވަން ހަމަޖެހިފައިވާ ބޭސިކް ކޭކު ޑެކަރޭޝަން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ

ހުޅުދޫ މީދޫގައި މުޅިން ހިލޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ކޮންމެ ފަރާތަކެއްވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މީދޫ އަށް 15 ޖާގަ އަދި ހުޅުދޫއަށް 15 ޖާގަ އާއި އެކު ޖުމްލަ 30 ޖާގަ އަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ މި ކޯހުގައި، ތިރީހަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާނަމަ މީހުން ހޮވުމުގައި އެއްވެސް ގޮތަކަށް އާމްދަނީ ނުލިބޭ ފަރާތްތަކާއި މެދު މިންވަރަކަށް އާމްދަނީ ލިބޭ ފަރާތްތަކަށް އިސްކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ

މި ކޯހާއި ބެހޭ ގޮތުން ކޯހުގެ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ޔަމްނާ ވަހީދު ބުނެފައިވަނީ މި ކޯހަކީ ރަށުގައި ތިބެގެން އަންހެން ކަނބަލުންނަށް އާމްދަނީ ހޯދޭނެ ދޮރުތައް ހުޅުވައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެއްކަމުގައެވެ. އަދި ކުރިއަށް މުސްތަގުބަލުގައި ކަނބަލުންނަށް ހާއްސަކޮށްގެން މިކަހަލަ ގިނަ ފުރުސުތަތަކެއް ހުޅުވާލާނެ ކަމަށް ޔަމްނާ ވަނީ ބުނަފައެވެ

13 ނޮވެމްބަރ ވާ ހޯމަ ދުވަހު 18:00 ހަމައަށް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ކޯހުގައި ބައިވެރިވުމަށް 7944448 މި ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް މިކޯސް އިންތިޒާމުކުރާ ފަރާތުންވަނީ އެދިފައެވެ