English Edition
Dhivehi Edition
އައްޑޫސިޓީ އެމްޑީޕީ ކައުންސިލް ވާރކްޝޮޕްގެ ބައިވެރިން

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު އަށް ވޯޓު ދިނުމަށް ތައްޔާރަށް ތިބި 39،000 މެންބަރުން އެމްޑީޕީން ވަކިކޮށްފައިވާކަމަށް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދަފުތަރު ގަޑުބަޑުވެފައިވާ ކަމަށް ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅު ތަކުރާރުކުރައްވާ، އެ މަނިކުފާނު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިޙްގެ ފެކްޝަނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

މި ގޮތުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މެންބަރުން ޕާޓީން ވަކިކޮށްފައިވާކަމަށެވެ. ވަކި ކޮށްފައި ތިބި ބައެއް ބޭފުޅުންގެ ނަންތައް ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިޙް އާއި ޓީމުން މަސައްކަތް ކުރެއްވީ، އެމަނުކުފާނަށް ވޯޓު ދީފާނެ ކަމަށް ބެލެވޭ 39،000 މެންބަރުން ޕާޓީން އުނި ކުރަން ކަމަށެވެ. އެމްޑީޕީ އިން އުނިކޮށްފައިވަނީ ވަނީ 39،000 މީހުންކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެއީ އެ މަނިކުފާނަށް ލިބެން އޮތް 70،000 ވޯޓު ކަމަށެވެ.

“ރައީސް ސާލިޙްގެ ޓީމުން 39،000 މެންބަރުން ކަނޑާލައިފިއޭ، އެ 39،000 މެންބަރުންނަށް ތާއިދު ކުރާ މީހުންނާއި އެކުގައި 70،000 އެބަވެޔޭ އެ މީހުންނަށް ނުގެނެވޭނެ، ރައީސް ސާލިޙްކަށް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ވޯޓުލާ ދަފުތަރުން ސާޅީސްހާހާ ގާތަށް މެމްބަރުން އެންގުމަކާއިނުލައި ކުއްލިއަކަށް އުނިކުރުމުން ދަފުތަރު ގަޑުބަޑުވެފައިވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ މި މައްސަލަ އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއިލްއަށްވެސް ހުށަހަޅާފައެވެ.