English Edition
Dhivehi Edition
ރައީސް ޞާލިޙް އާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު - ފޮޓޯ: ޓްވިޓާ (ރައީސް ނަޝީދު)

ރާއްޖޭގެ ސިޔާސީ މަސްރަޚު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި ކުރިއަށް އޮތް އިންތިޚާބުގައި ކޯލިޝަން ހެދުމުގެ ފުރުސަތެއް ނެތްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ސަލްޓަން ޕާކުގައި ބޭއްވި ރައީސް ނަޝީދުގެ ކެމްޕެއިން ފެށުމުގެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރު ގިނަ ސިޔާސީ ލީޑަރުން ޖަލު ބަންދުގައި ތިބި ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުރިހާ ސިޔާސީ ލީޑަރުންނަށްވެސް އެބަ އޮތް ކަމަށެވެ. މިއިން ކޮންމެ ޕާޓީއަކުންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން، ރާއްޖޭގެ ސިޔާސީ މަސްރަހު ދަންނަ ކޮންމެ މީހަކުވެސް ދަންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ،

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ވެރިކަން ބަދަލު ކުރުމަށް ސިޔާސީ ޕާޓީތައް ގުޅިގެން ކޯލިޝަން ހެދި ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަޚު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަކީ ‘ޗޮއިސް’ އެއް ނޫން ކަމަށެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީ އަށް ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހީމް މުހައްމަދު ސާލީޙް ވާދަކުރައްވާއިރު މި ދެ ބޭފުޅުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ރައީސް ސާލިޙް އަށް 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކުރެވުމުގެ ފަހަތުގައި ހުންނެވީ ރައީސް ނަޝީދުކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު ރައީސް ނަޝީދު އަކީ ކޯލިޝަން ސަރުކާރު ހިންގުމަށް ދެކޮޅު ބޭފުޅެކެވެ،