English Edition
Dhivehi Edition

އައްޑޫސިޓީގެ މަގުތައް ރަގަޅު ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ ބްރިޖްގެ މަސައްކަތަށް ބޭނުންވާ ޕްރީ ކާސްޓް ކޮށްފައިވާ އައިގަރޑަރތައް ފޭދޫ އިން ބްރިޖް ސައިޓަށް ގެންދާ ގަޑިތަކުގައި މަގު ބޭނުންކުރާ ފަރާތްތަކުން ސަމާލުވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫސިޓީގެ މަގުތައް ރަގަޅު ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ ބްރިޖްގެ މަސައްކަތަށް ބޭނުންވާ އައިގާޑަރތައް ފޭދޫ އިން ބްރިޖް ސައިޓަށް ގެނައުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އައްޑޫ ލިންކުރޯޑަކީ ދުވާލުގެ ވަގުތުތަކުގައި ބާރުބޮޑުމަގެއްކަމުން ރައްޔިތުންނަށް މަގު ބޭނުންކުރުމުގައި ވާއުނދަގޫ ވީހާވެސް ކުޑަވާނެ ގޮތަކަށް ލިންކު ރޯޑް ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މިގޮތުން މި މަޝްރޫއުގެ މަސައްކަތްކުރުމަށް ބޭނުންވާ ޕްރީ ކާސްޓް ކޮށްފައިވާ އައިގަރޑަރތައް ފޭދޫ އިން ބްރިޖް ސައިޓަށް ގެނައުމުގެ މަސައްކަތް ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 6:00 އާއި ދެމެދު ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އިތުރަށް ސިޓީ ކައުންސިލުން ވަނީ ގާތްގަޑަކަށް 40 އަކަށް ޓަންގެ ބަރުދަންހުރި މި ތަނބުތައް އުފުލުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު ރޭގަޑުގެ އެގަޑިތަކުގައި ލިންކްރޯޑްއިން ދަތުރުކުރާ އެންމެހާ ފަރާތްތަކުން މިއުޅަނދަށް ސަމާލުވެގެން ދަތުރުފަތުރުކުރުމަށް އިލްތިމާސް ކޮށްފައެވެ.

އައިގާޑަރތައް އުފުލާ ވެހިކަލް ދަތުރުކުރާ ރޫޓް ހިމެނޭ ޗާޓު:

https://localgovmv-my.sharepoint.com/:i:/g/personal/simaan_haadi_adducity_gov_mv/EaBDWK1BOANEuBMzPktfwwEB0sctqf0my_59L2TzxsmT7Q?e=EuS0Rw