English Edition
Dhivehi Edition
އައްޑޫ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން ފޮޓޯ: އެކްސްޕްރެސް ނިއުސް

އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތަށް ތައްޔާރުވުމަށްޓަކައި އައްޑޫ ސިޓީގެ ހުރިހާ އަވަށެއް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިސްނަގައިގެން މިއަދު ހެނދުނު ކުރިއަށް ދިޔަ މި ހަރަކާތުގައި ސަރުކާރުގެ މުވައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރިވެފައެވެ.

އައްޑޫ ސިޓީގައި މި މަހުގެ 11ން 16 އަށް ބާއްވާ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައި، ރާއްޖޭގެ އުތުރާއި ދެކުނުން 37 ސްކޫލުން ބައިވެރިވާނެއެވެ. މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން އައްޑޫ ސިޓީ ސްޓޭޑިއަމް މަރާމާތު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާ އިރު ސިޓީ ކައުންސިލުން އަންނަނީ މުބާރާތުގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ނިމިގެން ދިޔަ 2023 ވަނަ އަހަރު މި މުބާރާތް ބާއްވާފައިވަނީ ފުވައްމުލައް ސިޓީގައެވެ. އެ މުބާރާތުގައި 33 ސްކޫލަކުން 809 އެތްލީޓުން ވާދަ ކުރިއެވެ.