English Edition
Dhivehi Edition

ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން މާމެންދޫގެ މަގުހެދުމުގެ މަސައްކަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު ގއ.މާމެންދޫ އައު އިންޖީނުގޭ ސަރަޙައްދުގައި، އެ ރަށު ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މާމެންދޫ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

ގޮތުން މާމެންދޫގައި މިހާރު ކުރިޔަށްގެންދާ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ވަރަށް ރަނގަޅަށް ކުރިޔަށްދާކަން ރައްޔިތުންވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އެ ރަށުގެ ރައްޔިތުން ވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސް އާއި ހިއްސާކޮށްފައެވެ. މާމެންދޫ ރައްޔިތުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހިމެނެއެވެ.

މާމެންދޫ ރައްޔިތުން ފާހަގަކުރި ގިނަ ކަންކަމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ ގޯތިދޫކުރުމަށް ލޭންޑް ޔޫޒް ޕްލޭން އެކަށައެޅުމުން ގޯތިދިނުމުގެ މަސައްކަތްތައް ކައުންސިލުން ބޭނުންގޮތަކަށް ކުރިޔަށްގެންދެވޭނެކަމަށެވެ.