English Edition
Dhivehi Edition

ގއ މާމެންދޫ ސްކޫލުގައި ދެ ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަސައްކަތް ހަވާލުކޮށްފައިވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.

މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އަހުމަދު ރިޔާޒެވެ. ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލީ ޝަނީޒްއެވެ.

މި މަސައްކަތަށް 2,371,136.89 ރުފިޔާ އެ ކުންފުނިން ހުށަހަޅާފައިވާއިރު، މިމަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށްވަނީ ކަނޑައަޅާފައެވެ.

މިއީ ޖަޕާން އެއިޑް ގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓެކެވެ.