ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސްފިއެވެ.
ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ ނިޝާމާގެ ހަށިގަނޑު ރާއްޖެ ގެނައީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އެހެންނަމަވެސް އޭނާގެ ހަށިގަނޑު އާއިލާ އާއި ހަވާލުކުރާނެ ވަގުތެއް އަދި މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ގޭގެ ކޮޓަރިތެރޭގައި މަރުވެފައި އޮތް ނިޝާމާގެ މަރާއި ގުޅިގެން އޭނާގެ އާއިލާ އިން ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާ ފައިސަލްއަށެވެ. އަދި މިކަމަށް ބާރު ލިބޭ ހެކިތައްވެސް ފެނިފައިވާއިރު ނިޝާމާގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ފައިސަލް ހައްޔަރުކޮށްފައިވަނިކޮށް އޭނާ ވަނީ ގޮޅީގެ ތެރޭގައި ދަންޖެހިފައެވެ. އަދި އޭނާ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ،