ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ނިޝާމާގެ މަރަށް 8 ދުވަސް ވެފައިވާއިރު އޭނާ ހަށިގަނޑު ޕޯސްޓްމޯޓަށް ހެދުމަށް އަދިވެސް ފޮނުވާފައިނުވާތީ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާއި ގުޅިގެން ފުލުހުން މީޑިއާ އޮފިޝަލު ވިދާޅުވީ ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ގޭގެ ކޮޓަރިތެރޭގައި މަރުވެފައި އޮތް ނިޝާމާގެ މަރާއި ގުޅިގެން އޭނާގެ އާއިލާ އިން ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާ ފައިސަލްއަށެވެ. އަދި މިކަމަށް ބާރު ލިބޭ ހެކިތައްވެސް ފެނިފައިވާއިރު ނިޝާމާގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ފައިސަލް ހައްޔަރުކޮށްފައިވަނިކޮށް އޭނާ ވަނީ ގޮޅީގެ ތެރޭގައި ދަންޖެހެން މަސައްކަތް ކޮށްފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އައިސީޔޫގައި ފައިސަލް އަށް ފަރުވާދެމުން އަންނައިރު މި މައްސަލައާއި ގުޅޭ ގޮތުން މާ ގިނަ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.