English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ

ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު މަރާލި ކަމަށް ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ, އަބޫބަކުރު ފައިސަލް (32އ) އަމިއްލައަށް ދަންޖެހުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށް އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

ފައިސަލް ބަންދުކޮށްފައި ހުރި ތަނުގައި ދަންޖެހެން މަސައްކަތް ކުރަނިކޮށް މި މަހުގެ 13 ވަނަ ދުވަހުގެރޭ 23:15 ހާއިރު ފުލުހުންނަށް ވަނީ ފެނިފައެވެ. އަދި މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އައިސީޔޫގައި ފައިސަލް އަށް ފަރުވާދެމުން އަންނަ އިރު ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އެޗްއާރުސީއެމް އަދި ނެޝަނަލް އިންޓަގިރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް ދަންޖެހެން މަސައްކަތްކުރި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.