ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު މަރާލިކަމަށް ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް މަރުވި ނަމަވެސް އޭނާ ދަންޖެހުނު މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުނ، ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް ދަންޖެހުނީ ބެޑްޝީޓެއް ބޭނުންކޮށްގެން ނެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން މީޑިއާގައި ހާމަކޮށްފައެއް ނުވެއެވެ.
ފައިސަލް ދަންޖެހުނު މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ހޯމް މިނިސްޓްރީން ބުނީ ފައިސަލް ދަންޖެހުނު މައްސަލަ ފެންމަތިވުމުން އެކަން ތަހުގީގުކުރުމުގެ ކަންކަން ވަގުތުން ފަށާފައިވާކަމަށެވެ. އަދި މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ރިޕޯޓް މިނިސްޓަރު އިމްރާނަށް ހުށަހެޅުއްވުމުން މިނިސްޓަރު އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ،
ނިޝާމާގެ މަރުގެ މައްސަލައިގައި ފައިސަލް ހައްޔަރު ކުރީ މި މަހުގެ 10 ވަނަ ދުހަގައެވެ.