English Edition
Dhivehi Edition
މީގެ ކުރިން ސްކީމް އިން ކުރިއަށް ގެންދިޔަ ކޮމިޔުނިޓީ ޕްރޮގްރާމެއްގެ ތެރެއިން: ފޮޓޯ ސްކީމް

ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި “ވެށި- ބާރު” ގެ ނަމުގައި ކުރިއަށް ގެންދާ ކޮމިޔުނިޓީ ޕްރޮގްރާމް ގެ ދަށުން ހދ. ނޮޅިވަރަމްގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ޕަބްލިކް ސްޕީކިންގ ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ މުޅިން ހިލޭ ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަރވަރމެންޓް އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އަދި ނޮޅިވަރަމް ކައުންސިލާއި އާއި އެ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ ނޮޅިވަރަމް ބްރައިޓް އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމު އޮންނާނީ މިމަހުގެ 18 އިން 20 އަށް ނޮޅިވަރަމްގައެވެ.

މި ޕްރޮގްރާމަކީ ޕްރޮފެޝަނަލް ގިންތީގައި މަސައްކަތް ކުރާފަރާތްތަކާއި، އޮފީސްތަކުގެ ވެރިންނާއި، އުގަންނައި ދިނުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކުރެވިގެން، ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ސްޕީޗް ގެ އޮނިގަނޑު އެކުލަވާލުމާއި، މީހުން ޝައުގުވެރިވާ ގޮތަށް، ހުށަހަޅައި ދިނުމާއި، އަސަރު ހުރި ވާހަކައެއް ދެއްކުމުގައި ސަމާލުކަންދޭންޖެހޭ ބައިތަކާއި، ބަޔަކާއި މުހާތަބު ކުރުމުގައި ހުންނަ ޖެހިލުންވުމުން އަރައިގަންނާނެ ގޮތްތައްފަދަ، ޕަބްލިކް ސްޕީކިންގ ގެ ދާއިރާއިން ކޮންމެހެން އެނގެންޖެހޭ މުހިންމު ބައިތަކާއި، އަމަލީގޮތުން ސްޕީޗް ދިނުމާއި، އަދި ރަނގަޅުކުރަންޖެހޭ ބައިތައް ބައިވެރިންނަށް އަންގައި ދިނުން ހިމެނިފައިވާނެއެވެ.

ޕަބްލިކް ސްޕީކިންގ ސްކިލް އަކީ އަމިއްލަ މީހާގެ ކުރިއެރުމަށްޓަކައި އެންމެ މުހިންމު އެއް ހުނަރުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ، އަދި ވަޒީފާގެ ބާޒާރުގައި އެންމެ ބޭނުންތެރި އެއް ހުނަރެވެ.

މި ޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވާނީ، ސްކީމްގެ ކޯފައުންޑަރ އަދި ސްޕީކަރ އެންޑް ޓްރެއިނަރ އެއްކަމަށްވާ އާމިނަތު ޢަލީއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ފޯމް https://form.jotform.com/221046138451448?fbclid=IwAR0TsqPM9XL-YTYSpJU69BO35TRxw1OZRUYlb6z9lcRU1Pi810G6IxktLrQ މެދުވެރިކޮށް ވީ އެންމެ އަވަހަކަށް ރަޖިސްޓަރ ކުރުމަށް ސްކީމުން އިލްތިމާސް ކުރެއެވެ.

ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 7548078 އާއި ގުޅުމުން ލިބޭނެއެވެ.

ޔޫތް މިނިސްޓްރީއާއި ސްކީމް ޖަމިއްޔާ ގުޅިގެން “ވެށި- ބާރު” ގެ ނަމުގައި ކުރިއަށް ގެންދާ ޙަރަކާތުގައި ރާއްޖޭގެ 20 އަތޮޅެއްގައި 41 ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވެށި- ބާރު ޕްރޮގްރާމުގެ ދަށުން ޒުވާނުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި އަދި ސްކޫލް ކުދިންގެ އިތުރުން ކޮމިޔުނިޓީ ލީޑަރުންނާއި ސީއެސްއޯސް ތަކާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ތަފާތު އެކިކަހަލަ ކޮމިޔުނިޓީ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.