English Edition
Dhivehi Edition
އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ރަސްގެތީމަށް ވަޑައިގަތުން --- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޯމް ހުށަހަޅައިފިއެވެ.

ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ އެމް.ޑީ.ޕީގެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް 20،000 އަށްވުރެ ގިނަ މެންބަރުންގެ ތާއިދާއެކު ރައީސް ސޯލިހްގެ ކެންޑިޑެންސީ ފޯން ހުށައަޅުއްވައިފި ކަމަށެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ފްރައިމަރީގައި ވާދަކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިއުލާންކޮށްފައެވެ. އަދި އެ މަނިކުފާނުގެ ތާއިދު ފޯމުގައި ސޮއިކުރުމުގެ މަސައްކަތްވެސް ފޯރިއާއި އެކު ކުރިއަށް ދާއިރު، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ 28 ޖަނަވަރީ 2023 ވަނަ އަހަރުގައެވެ.