English Edition
Dhivehi Edition
ސަން ފޮޓޯ/ ނާއިލް ހުސެއިން

އެފްކޮންސްގެ މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާ ހިނގިތާ ދެ ދުވަސް ފަހުން، އެ ސައިޓުން މީހެއްގެ ހަށިގަނޑުގެ ބައިތައް ފެނިއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ގެއްލިފައިވާކަން އެގުނީ، އެމީހާ ގެއްލުމާއި ގުޅިގެން އެފްކޮންސް ގެ މުވައްޒަފުން މުޒަހާރާކުރަމުންނެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ދިރިއުޅޭ މީހަކު މަދުކަން ފާހަގަ ކުރެވުމުން އެމީހާ ހޯދުމަށް ކުރެވުނު މަސައްކަތުން މިއަދު އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާކަމަށެވެ.

ގުޅީފަޅުގައި، އެފްކޮންސްގެ މުވައްޒަފުން މުޒާހަރާކުރަނީ

އިތުރަށް ފުލުހުން ބުނީ އެއީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ އާއި ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ކުރަން ޖެހޭ ތަހްލީލްތައް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ،