މާލެ- ވިލިމާލޭ ބްރިޖްގެ މަސައްކަތް ކުރާ އެފްކޮންސް ގެ މުވައްޒަފަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.
ފުލުހުން މީޑިއާއަށް މައުލޫމާތު ދެއްވަވަަމުން ވިދާޅުވީ ޒަޚަމްތަކަކާއެކު އޮތް މީހަކު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް މިއަދު ފަތިހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ އެމީހާއަކީ މާލެ- ވިލިމާލޭ ބްރިޖްގެ މަސައްކަތް ކުރާ އެފްކޮންސް ގެ މުވައްޒަފަކުކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
ތިލަމާލެ ބްރިޖު ސައިޓްގައި މަސައްކަތް ކުރަމުންދިޔަ އެފްކޮންސްގެ މުވައްޒަފަކު މީގެ ކުރިންވެސް ވަނީ މަރުވެފައެވެ. އިންފްރާސްޓްރަކްޗާ މިނިސްޓްރީން އޭރު ބުނެފައިވަނީ މުވައްޒަފު މަރުވި މައްސަލަ ކޮންޓްރެކްޓަރުގެ އެހީއާއެކު މިނިސްޓްރީން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެފްކޮންސް އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގައި އިންޑިއާގެ އެތައް ސަތޭކަ ބަޔަކު އަންނަނީ މަސައްކަތް ކުރަމުންނެވެ.