English Edition
Dhivehi Edition

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާކަމަށެވެ، މީގެ އިތުރުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ މެމްބަރުން އެ މަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޕްރައިމެރީގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާއިރު، މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވެސް މި ޕްރައިމެރީގައި ވާދަކުރައްވާނެކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި އެ މަނިކުފާނުގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ކެމްޕެއިންވެސް ފަށާފައިވާއިރު 2023ގެ ރިޔާސީ ރޭހުގައި ވާދަކުރެއްވުމާމެދު ރައީސް އަދި ރަސްމީ އެއްވެސް ވާހަކަފުޅެއް ދައްކަވާފައެއް ނުވެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ 28 ޖަނަވަރީ 2023 ވަނަ އަހަރުގައެވެ.