English Edition
Dhivehi Edition
-ފޮޓޯ: ރައީސް އޮފީސް

ގައުމީ އެއާލައިން މޯލްޑިވިއަންގެ ކޯލް ސެންޓަރު ފުވައްމުލަކަށް ބަދަލުކޮށް، އެ ތަން ރަސްމީކޮށް ހުޅުވައިފި އެވެ.

މޯލްޑިވިއަންގެ ކޯލް ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. މި ތަން ހުޅުވުމަށް ފަހު މޯލްޑިވިއަން އިން ވަނީ ރިޒަވޭޝަން އާއި ޓިކެޓިންގެ ހިދުމަތް ހޯދަން ގުޅާނެ ޝޯޓް ކޯޑު ނަމްބަރު 1671 ތައާރަފުކޮށްފަ އެވެ،

މީގެ ކުރިން މާލޭގައި ހިންގަމުން އައި އެ ކުންފުނީގެ ކޯލް ސެންޓަރު ފުވައްމުލަކަށް ބަދަލުކޮށްފައިވަނީ ސަރުކާރުން ގެންގުޅޭ ލާމަރިކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން، ހިދުމަތްތައް ލާމަރުކަޒު ކުރުމަށް ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ،

މާލެއިން ބޭރުގައި މޯލްޑިވިއަން އެއާލައިނުން ހުޅުވި ފުރަތަމަ ކޯލް ސެންޓަރު ކަން ފާހަގަކޮށް މޯލްޑިވިއަން އިން ބުނީ މިއީ ހެޔޮ ބަދަލެއްކަމަށެވެ. އަދި އެ ރަށުގެ ގިނަ ބަޔަކަށް ގިނަ ވަޒީފާތަކެއް ތަނަވަސް ވާނެ ފުރުސަތެއް ކަން ފާހަގަކޮށް އެ ކުންފުނިން ބުނީ އެ ކޯލް ސެންޓަރުގެ ވަޒީފާތަކަށް ނަގާނީ ފުވައްމުލަކުގެ މީހުންކަމަށެވެ. އަދި މިހާތަނަށް 15 މުވައްޒަފުން އެތަނަށް ނަގާފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ހިދުމަތް ލިބޭނީ ހޮނިހިރުން ބުރާސްފަތި ދުވަހަށް ހެނދުނު 9 އިން ރޭގަނޑު 8 އަށެވެ. ހުކުރު ދުވަހު ހިދުމަތް ދޭނީ މެންދުރު 2 އިން ރޭގަނޑު 8 އަށެވެ.