ޏ. ފުވައްމުލަކުގައި ފުލުހުންގެ އޮޕަރޭޝަނަކަށް ހުރަސް އަޅި މައްސަލައާއި ގުޅިގެން މިހާތަނަށް ޖުމްލަ 4 މީހުން ހައްޔަރުކޮށްފިއެވެ،
ފުލުހުން ބުނީ ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތްކުރުމުން އެވަގުތު އެތަނަށް އިތުރު ބަޔަކު ގޮސް ފުލުހުންނާ ކުރިމަތިލާ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި މި ހަމަނުޖެހުމުގައި ފުލުހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ
އިތުރަށް ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ޕޮލިސް ސްޓޭޝަން ކުރިމައްޗަށް ބަޔަކު އެއްވެފައިވާ ކަމަށެވެ. އަދި ސްޓޭޝަން ތެރެއަށް އެތަނުން މީހަކު ވަދެ ހަމަނުޖެހުން ހިންގުމަށް މަސައްކަތްކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ ފުވައްމުލަކުގައި ހިނގި އޮޕަރޭޝަނުގެ މައުލޫމާތު ހަގީގަތާއި ހިލާފަށް ބައެއް މަދު މީޑިއާތަކުން ގެނަަސްދީފައިވާކަމަށެވެ. އަދި ދިވެހި ފުލުހުން މަސްތުވާތަކެތީގެ ވަބާއިން މިގައުމު ސަލާމަތްކުރަން ކުރަންޖެހުނު ހުރިހާ މަސައްކަތެއް ސާބިތުކަމާއިއެކު ކުރާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި މައްސަލަ އާއި ގުޅިގެން މިހާރު ޖުމްލަ މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.