English Edition
Dhivehi Edition
ރައީސް ސޯލިޙު ރާއްޖެ ވަޑައިގަތުން/ފޮޓޯ ރައީސް އޮފީސް

ވޯލްޑްކަޕްގެ މެޗެއް ބައްލަވައިލައްވަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް ގަތަރަށް ވަޑައިގެންފާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ވޯލްޑްކަޕްގެ މެޗެއް ބައްލަވައިލުމަށް ވަޑައިގަތުމުގެ ދައުވަތު ޤަތަރުގެ އަމީރުގެ ފަރާތްޕުޅުން ރައީސް ސޯލިޙްއަށް ލިބިވަޑައިގެންފައިވާކަމަށެވެ. އެހެން ކަމުން ސެމީ ފައިނަލް ނޫނީ ފައިނަލް މެޗު ބައްލަވާލައްވަން ރައީސް ވަޑައިގެންފާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

އެހެންނަމަވެސް މި ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މިއަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022ގައި މިހާރު ކުރިއަށްދަނީ ގުރޫޕް ސްޓޭޖުގެ މެޗުތަކެވެ. 21 ނޮވެމްބަރު ން 18 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 32 ޓީމުން ވާދަކުރާއިރު މެޗުތައް ކުރިއަށްދަނީ ގަތަރުގެ 5 ސިޓީއެއްގެ 8 ސްޓޭޑިއަމްގައެވެ.

މި މުބާރަތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 18 ޑިސެމްބަރު 2022 ވަނަ ދުވަހުއެވެ. މުބަރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 80،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް ކަމުގައިވާ ލުސައިލް ސްޓޭޑިއަމްގައެވެ.