English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ހުޅުދޫ ބަހާއުއްދީން މަގު

އައްޑޫ ސިޓީ ހުޅުދޫ އަވަށުގެ މަގުން ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ދަތިވާ ގޮތަށްހުރި ތަކެތި ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ އަވަށުގެ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ މަގުތައް އަދި ގޯޅިމަގަށްވާ ގޮތަށް އިމުން ބޭރަށް މަގުމައްޗަށް ނިކުމެފައިވާ ރުއްގަހާއި މަގުމަތީ ބަހައްޓާފައިވާ ޖޯލިފަތި، ދާގަނޑު، ވެލި ފުނި ފަދަ ތަކެތިން މަގުން ހިނގާ ފަރާތްތަކަށާއި މަގުން ދުއްވާ އުޅަނދުތަކަށް ގެއްލުން ވަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެހެންކަމުން މަގުން ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ދަތިވާ ގޮތަށް ހުރި ރުއްގަސް ކޮށައި ސާފުކޮށް މަގުމަތީ ބަހައްޓާފައިވާ ތަކެތި30 ނޮވެމްބަރު 2022 ވަނަ ދުވަހު ގެ ކުރިން ނެގުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. އަދި މިމުއްދަތުގައި މިގޮތަށް ޢަމަލުނުކޮށްފިނަމަ އިތުރު އެންގުމަކާއި ނުލައި މަގުން ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ދަތިވާ ގޮތަށް ހުރި ރުއްގަސް ކޮށައި ސާފުކޮށް މަގުމަތީ ބަހައްޓާފައިވާ ތަކެތި ނަގާނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީގެ ބައެއް އަވަށްތަކުގައި ދުއްވާ ތަކެއްޗަށް ދަތިވާ ގޮތަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް މީގެ ކުރިންވެސް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ. އެހެންނަމަވެސް މި އެންގުމަށް ގިނަ ބަޔަކު އަމަލުކޮށްފައި ނުވާކަން ފާހަގަކުރެވެއެެވެ.