English Edition
Dhivehi Edition
ރައީސް ސޯލިހް އައްޑޫ ބިން ހިއްކުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީގައި ތަރައްގީ ކޮށްފައިވާ ޝަންގްރިއްލާ ރިސޯޓުގައި ހިމެނޭ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލުމަށް ބޭނުންވާ ލިޔެކިޔުންތައް އެ ރިސޯޓު ހިންގާ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިހާރު އައްޑޫ ސިޓީއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެ ސިޓީގެ މަރަދޫގައި ބޭއްވި ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވިދާޅުވީ ޝަންގްރިއްލާ ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތާލުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދެމެހެއްޓުމަކީ އެ ރިސޯޓް ހިންގަން ފަށަން އޮތް ހުރަސް ކަމުގައި ނަހަދާނެކަން ފާހަގަކޮށް ރައީސް ވިދާޅުވީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އެ ހިއްސާ ބަދަލުކުރުމުގެ ލިޔުންތައް ސަރުކާރުން ކުންފުންޏާ ހިއްސާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ އެކަން ނިމުމާއެކު ބޭނުންވާ ބަދަލުތައް ގެނެސް ޝަންގްރިއްލާ ހުޅުވާ، ހިންގަން ފެށޭނެ ކަމަށެވެ.

ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލަން ސަރުކާރުން 80 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު އެ ރިސޯޓް ވިއްކާލަން މިހާރު ވަނީ އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ސީބީއާރުއީ ގްރޫޕާ ހަވާލުކޮށްފައެވެ