English Edition
Dhivehi Edition

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވެންސް ބޮޑުކުރުމަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ޖުމްލަ 42.608 ބިލިއަން ރުފިޔާވަނީ ހިމަނާފައެެވެ. މި ގޮތުން އިޖުތިމާއީ ރައްކާތެރިކަމަށް 3.91 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީ ދިނުމަށް 341 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އެލަވަންސް ދިނުމަށް ގެންނަ ބަދަލާއިއެކު މި އެލަވަންސްތައް ދެމުން ގެންދާނީ އޭގެ އެންމެ ހައްގު ފަރާތްތަކަށް އެކަށޭނެ މިންވަރެއްގައިކަމަށެވެ، އަދި އަންނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސް ދޭއިރު އެމީހުން ގިންތި ކުރެވިގެން އެލަވަންސް ދިނުމަށް، އުސޫލެއް ކަނޑައެޅުމުގެ މަސައްކްތަ ކުރަމުން އަންނަކަމަށްވެސް ފަނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ގިންތި ކުރާ އުސޫލުގެ ތަފްސީލެއް ދީފައެއް ނުވެއެވެ.