English Edition
Dhivehi Edition
ހޯމް މިނިސްޓަރ ޝެއިޚް އިމްރަން އަބްދުﷲ - ފޮޓޯ: ހޯމް މިނިސްޓްރީ

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ އިމުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ތާއިދުކުރައްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވައިފިއެވެ،

ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅިގެން ބޭއްވި ޖަލްސާގައި ރައީސް ސާލިޙް ވިދާޅުވީ ދޭދޭ ގައުމުތަކުގެ މެދުގައި އުފެދިފައި ހުރި ސަރަހައްދީ އިމުގެ އެތައް މައްސަލައެއް ހައްލު ނުކުރެވި އެބަހުރިކަމަށާއި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައިވެސް އެފަދަ ކޯޅުންތައް ހިނގާފައިވާކަށެވެ. އިތުރަށް ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި އޮތް ފުށުއަރާ ސަރަހައްދުގެ މައްސަލައަށް ހައްލެއް ނުހޯދި އޮންނަތާ ވަރަށް ގިނަ އަހަރުތަކެއް ވެފައިވާ ކަމަށެވެ.

މި މައްސަލައިގައި، މި ސަރުކާރުން ދަމަހައްޓަމުން އަންނަނީ މި ކަމުގައި އެންމެ ކުރިން ފެށިގެން ވެސް ދިވެހި ދައުލަތުން ދަމަހައްޓަމުން އައި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާއުކުރުމުގެ ސިޔާސަތު ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އިމުގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ނިންމަވާފައި ނުވާނެކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ،

ރައީސްގެ ވާހަކަތަކަށް ތާއީދު ކުރައްވާ އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަޔަކު ކިތަންމެ ނުރުހުނަސް، ރައީސްގެ ވާހަކަފުޅަކީ ތެދު ބަސްފުޅެއްކަމަށާއި އެކަމަށް އެ މަނިކުފާނު ހެކިވެ ވަޑައިގަންނަވާކަމަށެވެ. އަދި އެކަން ހިނގަމުންދާ ގޮތް ވަރަށް ރަނގަޅަށް އެގި ވަޑައިގަންނަވާކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން މޮރިޝަސް އިން ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް މައްސަލައެއް ހުށަހަޅައިފައެވެ.