English Edition
Dhivehi Edition

ކ. ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނެތް ދުވަހެއެއްގައި ވެސް, ކާށިދޫ ދާއިރާގެ ރައްޔިތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް ވޯޓު ދިނުމަށް ޖާބިރު ވަސީޔަތްކުރައްވައިފިއެވެ.

ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ރޭ ކާށިދޫގައި ބޭއްވި ރަސްމިއްޔާތުގައި ޖާބިރު ވިދާޅުވީ، ރާއްޖެ ހަމަ މަގަށް އެޅުމުގެ މަސައްކަތް ކުރޭވީ ރައީސް ސޯލިހަށް ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާކަމަށެވެ. ޖާބިރު ވިދާޅުވީ މި ސަރުކާރު އައި ފަހުން ރާއްޖެއަށް ވެސް ކުރިއެރުން ލިބިފައިވާކަމަށާއި ކާށިދޫވެސް މީގެ ކުރިން އޮތީ ވަރަށް ބޮޑަށް ފަހަތުގައި ކަމަށެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ކާށިދޫގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާކަން ފާހަގަކުރައްވަމުން ޖާބިރު ވަނީ އެރަށުގެ ތަރައްގީއަށް މި ސަރުކާރުން ކުރައްވަމުން ގެންދާ މަސައްކަތްތަކަށާއި މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ކާށިދޫގައި ފާހަގަކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޖާބިރު ވަނީ އޭނާ ނެތް ދުވަހަކުވެސް، ރައީސް ކާށިދޫ ދާއިރާއަށް ވަޑައިގެންފިނަމަ 2023 ވަނަ އަހަރު އެމަނިކުފާނަށް އިންތިޚާބުގައި ވޯޓު ދިނުމަށް ރައްޔިތުންނަށް ވަސީޔަތްކޮށްފައެވެ،