English Edition
Dhivehi Edition

އަންނަ އަހަރުގެ ވޯލްޑުކަޕަށް އަމާޒުކޮށް އައިއެސް އިން ހަމަލާދޭނެކަމުގެ އިންޒާރު ދީފައިވަނިކޮށް އަނެއްކާވެސް އައިއެސް އިން އެފަދަ މަންޒަރުތަކެއް ދައްކުވައިދޭ ފޮޓޯތަކެއް އާންމުކޮށްފިއެވެ.

މިދިޔަ ހަފްތާ ތެރޭގައި ނެރުނު ޕޯސްޓަރެއްގައި ލިއޮނަލް މެސީގެ ކަރު ބުރިކޮށްފައިވާތަން ދައްކައިދޭ ޕޯސްޓަރުތަކެއް އާންމުކޮށްފައިވާއިރު މޫނު ނިވާކޮށްގެން ހުރި ހަނގުރާމަވެރިއަކު ރޮނަލްޑޯ މަރާލަން އުލޭ މަންޒަރު ސިފަވާ ޕޯސްޓަރުތަކެއް އިއްޔެވަނީ ދައްކާލާފައެވެ. މި ޕޯސްޓަރާއެކު އައިއެސް އިން ލިޔެފައިވަނީ “އަހަރެމެންގެ ބަހަކީ ކަލޭމެންނަށް ފެންނަ އެއްޗެއް، އެއީ އެޑު އިވޭ އެއްޗެއް ނޫން. އެހެންވީމަ ކަލޭމެން ކެތްކޮށލައިގެން ތިބޭ. އަހަރެމެން މިތިބީ ކެތްކޮށްލައިގެން” އެވެ.

ރެއަލް މެޑްރިޑްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ މަރާލާނެ ކަމުގެ އިންޒާރު ހައްދުފަހަނަ އަޅާފައިވާ އައިއެސް ޖަމާއަތުން ދީފައިވާއިރު މިދިޔަ ހަފްތާ ތެރޭގައި ނެރުނު ލިއޮނަލް މެސީގެ ޕޯސްޓަރުގައި،އޭނާގެ މަރުވެފައިވާ ހަށިގަނޑު ކައިރީގައި ބްރެޒިލްގެ ފޯވަޑް ނޭމާ ރޯން ހުންނަ ތަން ވަނީ ދައްކާފައެވެ . މީގެ އިތުރުން އެ ޖަމާއަތުން ނެރުނު ޕޯސްޓަރެއްގައި މެސީ ޖަލަށްލާފައި ހުންނަތަން ވެސް ވަނީ ދައްކާފައެވެ.

މީގެ އިތުރުން އަންނައަހަރު ވީލްޑްކަޕް ބާއްވާ ރަޝިއާގެ ސްޓޭޑިއަމްއަކަށް ބަލަހައްޓައިގެން ހަނގުރާމަވެރިއަކު ހުންނަ މަންޒަރު ފެންނަ ޕޯސްޓަރެއް ވެސް އައިއެސް އިން ވަނީ އާންމު ކޮށްފައެވެ. އައިއެސްގެ އިންޒާރުތަކާއި ގުޅިގެން ރަޝިއާގެ ސަލާމަތާއި ބެހޭ އިދާރާތަކުން ބުނަނީ މުބާރާތުގެ ސެކިއުރިޓީގެ އިންތިޒާމުތަށް އިންތިހާއަށް ވަރުގަދަ ކުރާނެ ކަމަށެވެ.