English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ހުޅުދޫ ބަހާއުއްދީން މަގު

އައްޑޫސިޓީގެ ހުޅުދޫ އަވަށުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތައް ރަޖިސްޓަރީކޮށް ގޯތިތައް ސާފުކޮށް އިންފާރު ރޭނުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫސިޓީގެ ހުޅުދޫ އަވަށުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން މިހާތަނަށް ދިރިއުޅެން ނުފަށާހުރި ގޯތިތަކާއި، ދިރިނުއުޅެ ދޫކޮށްލެވިފައިވާ ފަޅުގެތަކުގެ ސަބަބުން އިޖްތިމާޢީ ބޮޑެތި މައްސަލަތަކާއި ސިއްޙީ މައްސަލަތައް ދިމާވަމުން އަންނަކަމަށެވެ.

މިކަން މިގޮތަށް ދިމާވަނީ ގޯތިތަކުގެ ވެރިފަރާތުން ގޯތިތައް ސާފުކޮށް ބަލަހައްޓަމުން ނުދާތީކަން ފާހަގަކޮށް އައްޑޫ ސިޓީ ކައުންސިލުން ބުނީ ދައުލަތުން ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯއްޗަކީ ގޯތި ޙަވާލުކުރެވޭ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ޢިމާރާތްކޮށް ދިރިއުޅުން ފެށުމަށްޓަކާ ދޫކުރެވޭ ގޯތައްކަމަށެވެ. ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ބިމާއިބެހޭ ޤާނޫނު ނަންބަރު 2002/01 ގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކުގައި އެކަން ބަޔާންކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ ގޯތިލިބި މިހާތަނަށް ގޯތި ރަޖިސްޓަރީ ނުކުރެވިވާ ފަރާތްތަކުން 31 ޑިސެމްބަރ 2022 ގެ ނިޔަލަށް ގޯތީގެ އިންވަކިކޮށް އަދި ގޯތިލިބި މިހާތަނަށް ގޯތީގެ މަގުފާރާއި އިންފާރު ނުރާނާ ފަރާތްތަކުން ވަށާ މަގުފާރާއި އިންފާރު ރާނާއި ރަޖިސްޓަރީކޮށް ނިންމުމަަށް އެދިފައެވެ.

އިތުރަށް ކައުންސިލުން ބުނީ ކޮންމެ ފަރާތަކުންވެސް އެފަރާތަކަށް ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކާއި އެ ގޯއްޗެއްގެ މަގަށްވާ ސަރަހައްދުގައި އެ ގޯއްޗަކާވީ ފަޅީމަގުގެ ދެބައިކުޅަ އެއްބައި ކުނިކަހައި ސާފުކޮށް ބަލަހައްޓަންވާނެކަމަށެވެ.

ޓެގު