English Edition
Dhivehi Edition
ހުޅުދޫ އަވަށު އޮފީސް/ ފޮޓޯ ލުބްނާ މަޖީދު މުޚްތާރު/ އޭއޯ ނިއުސް

އައްޑޫ ސިޓީ ހުޅުދޫ އިން ގާޑިޔާ ވިޔަފާރިކުރުމަށް ބިން ދޫކުރުމަށް ނިންމާ އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އާންމު މައިދާންތަކާއި މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލުގެ ދަށުން ގާޑިޔާ ވިޔަފާރިކުރުމަށްޓަކައި، ގާޑިޔާ ވިޔަފާރިއަށް ވަގުތީ ހުއްދަ ދޫކުރުމަށް ނިންމާފައިވާކަމަށެވެ.

މި ގޮތުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ

  • ފްލެޓް އިމާރާތުގެ ދެކުނު ހުޅަނގު އަތިރިމަތިން
  • ކަނޑޫއެޅެ ސަރަޙައްދު
  • ހުސައިނާ ފަންނު / ބޮނޑޮގޭ ފަންނު
  • ފޮކޮޅެމަގު އިރުން އަތިރި މަތި
  • އުރީދޫ އެންޓަނާ ކައިރި
  • މާފިށި ނިމޭ ސަރަޙައްދު

އައްޑޫ ސިޓީ ކައުންސިލުން ބުނީ ޕްލޮޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 6 އަށް ވުރެ އިތުރުވާނަމަ ޕްލޮޓް ދޫކުރެވޭނީ ގުރުއަތުލައިގެންކަމަށެވެ. އަދި ގާޑިޔާ ސަރަޙައްދު ކަނޑައަޅާނީވެސް ގުރުއަތުލައިގެންކަމަށެވެ. ގާޑިޔާ ވިޔަފާރި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުޅުދޫ އަވަށު އޮފީހަށް ފޯމް ހުށަހެޅުމަށް ވަނީ އެދިފައެވެ.