English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ހުޅުދޫ ބަހާއުއްދީން މަގު

އައްޑޫ ސިޓީ ހުޅުދޫގައި ޓޫރިސްޓު ގެސްޓްހައުސްތަކާ، ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ބިން ދޫކުރުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގެ ހުޅުދޫގައި ސިޓީ ހޮޓަލެއްގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސް ތަރައްގީ ކުރުމަށް ޝައުގުވެރިވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޖުލައި މަހުގެ 13 ވަނަ ދުވަހުގެ 13:00 ވަނަ ދުވަހަށް ހުޅުވާލާ ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ވަކިވަކި ފަރުދުންގެ ވިޔަފާރިތަކާއި، ކުންފުނިތަކުގެ އިތުރުން ޕާޓްނަޝިޕްގައި ހިމެނޭ ފަރާތްތަކަށް ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ 11 ގެސްޓްހައުސް އާއި ދެ ސިޓީ ހޮޓެލެއް ތަރައްގީކުރުމަށް ޖުމްލަ 13 ޕްލޮޓުގެ ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ

  • 10 ކޮޓަރީގެ ޓޫރިސްޓް ގެސްޓްހައުސްތައް ތަރައްގީ ކުރުމަށް ދޫކުރާ 6 ޕްލޮޓް
  • 15 ކޮޓަރީގެ ގެސްޓްހައުސްތައް ތަރައްގީކުރުމަށް ދޫކުރާ 4 ޕްލޮޓް
  • 25 ކޮޓަރީގެ ގެސްޓްހައުސް ތަރައްގީ ކުރުމަށް ދޫކުރާ އެއް ޕްލޮޓް
  • 60 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް 1 ޕްލޮޓް
  • 35 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް 1 ޕްލޮޓް

މި މަޝްރޫއުގެ ދަށުން ޖުމްލަ 240 ކޮޓަރި، ޓޫރިސްޓު ވިޔަފާރިއަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު ސިޓީ ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްތައް ތަރައްގީ ކުރުމަށް 4.65 ހެކްޓަރުގެ ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ކެނަރީފް ރިސޯޓް ކައިރިން ހުޅުދޫގެ ދެކުނު ފަރާތުންނެވެ.