English Edition
Dhivehi Edition

ބޮޑު ތަކުރުފާނު ދުނިޔޭގައި ހުންނެވިނަމަ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަށް އުތީމު ގަނޑުވަރަށް ދައުވަތު ނުދެއްވާނެކަމަށް މަލީހު މުހައްމަދު ޖަމާލު ވިދާޅުވެއްޖެއެވެ.

މިއަދު ހއ. އުތީމުގައި ޤައުމީދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް ޖަލްސާ ބާއްވާފައިވާއިރު އަދި އެމަނިކުފާނު ވަނީ އުތީމު ގަނޑުވަރަަށް ވެސް ޒިޔާރަތް ކުރައްވާފައެވެ،

ރައީސް ސާލިޙް އުތީމު ގަނޑުވަރަށް ކުރެއްވި ޒިޔާރަތާއި ގުޅިގެން ފާޑުވިދާޅުވެ މަލީހު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މުހައްމަދު ތަކުރުފާނު ދުނިޔޭގައި ހުންނެވިނަމަ އުތީމު ގަނޑުވަރަށް ރައީސް ސޯލިހުއަށް ދައުވަތު ނުދެއްވާނެ ކަމަށެވެ.

މިއަދަކީ އުތީމުގައި ތާރީހުގައި އަދިރި ދުވަހެއްކަން ފާހަގަކުރައްވަމުން މަލީހް ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫ އަރުވާ ވެރިންނަށް އުތީމުން މަރުހަބާ ނުކިޔުމަކީ އުތީމު ރައްޔިތުންގެ ޒިންމާއެއްކަމަށެވެ.