English Edition
Dhivehi Edition

ވިސާނެތި ދިވެހިންނަށް ކިރިގިސްތާނަށް ދެވޭ ގޮތް ހަމަޖައްސައިފިއެވެ.

އިއްޔެ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ކިރިގިސްތާނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޒީންބެކް ކުލުބައެވްއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ކިރްގިސްތާނަށް ގޮސް އެ ގައުމުގައި 30 ދުވަހުގެ މުއްދަތަކަށް ތިބެވޭނެއެވެ.

އެހެންނަމެވެސް އެއަށް ވުރެ ދިގު މުއްދަތަކަށް ދަތުރުކުރާނަމަ ފުރުމުގެ ކުރިން ދުރާލާ ވިސާ ނަގަންޖެހެއެވެ.