English Edition
Dhivehi Edition

ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ތަޢާރަފްކޮށް، ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް ބަގީ ދުއްވުމަށް، 6 އިލެކްޓްރިކް ބަގީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.މި

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް 28 ސެޕްޓެމްބަރު 2022 ދުވަހު 11:00 ގައި އޮންނާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އަގު ހުށަހެޅުން އޮންނާނީ 5 އޮކްޓޯބަރު 2022 ވަނަ ދުވަހު 10:00 ގައެވެ.