English Edition
Dhivehi Edition

ވިލިމާލޭގައި ބަގީގެ ޙިދުމަތް ދިނުމުގައި މާލޭ ސިޓީ ކައުންސިލަށް އެހީތެރިވެދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ވިލިމާލޭގައި ތިމާވެއްޓާއި ރައްޓެހި ބަގީގެ ޚިދުމަތް ސީދާ އެ ކައުންސިލުން ކުރިޔަށް ގެންދިޔުމަށް ބޭނުންވާތީ، ބަގީގެ އޮޕަރޭޝަންގައި އެ ކައުންސިލަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު އޮންނާނީ 25 ޖަނަވަރީ 2023ގެ 13:00 ގައި ކަމަށާއި، އަގު ހުށަހަޅާނީ 29 ޖަނަވަރީ 2023ގެ 11:00ގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން ކަމަށް އިޢުލާނުގައި ވެއެވެ.

އަދި، މި ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށާއި، އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އެ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނުންނާއި އީމެއިލް މެދުވެރިކޮށް [email protected] އިން ލިބޭނެ ކަމުގައިވެސް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.