English Edition
Dhivehi Edition

މިއަދު ރާއްޖޭގައި, ކީރިތި ޤުރުއާނާއި ރަސޫލާގެ އިއްޒަތާއި ކަރާމާތަށްވުރެ ލިވާތު ކުރާ މީހެއްގެ، ގޭ ފާރު ހުރުމަތްތެރިވެ ގަދަރު ބޮޑުވެއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ މިހެން ވިދާޅުވީ، އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ގ.ކެނެރީގޭ މުހައްމަދު ނާޒިމް ސައްތާރު ގޭ ބަންދު ކުރަން ކްރިމިނަން ކޯޓުން ހުކުމްކޮށްފައިވަނިކޮށް، ކެނެރީގޭ ފާރުގައި “އިންޑިއާ އައުޓް” ޖެހި މީހަކަށް، އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރުމާއި ގުޅިގެންނެވެ.

މޮސްޓާ ކުރި ޓުވިޓެއްގައި ވިދާޅުވީ ކީރިތި ޤުރުއާނާއި ރަސޫލާގެ އިއްޒަތާއި ކަރާމާތަށް ވުރެ، މިއަދު ރާއްޖޭގެ ފަނޑިޔާރުންނަށާއި ސަރުކާރަށް އިސްލާމްދީނުގައި ހައްދުކަނޑައެޅިފައިވާ ލިވާތު ކުރާ މީހެއްގެ ގޭ ފާރު ހުރުމަތްތެރިވެ ގަދަރު ބޮޑުވެއްޖެ ކަމަށެވެ.

މޮސްޓާގެ އިތުރުންވެސް ގިނަ ބަޔަކު ވަނީ މި ކަމާއި ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ޓެގު