English Edition
Dhivehi Edition
ރައީސް ޞާލިޙް އާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު - ފޮޓޯ: ޓްވިޓާ (ރައީސް ނަޝީދު)

ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން މަޝްވަރާތައްކުރިއަށް ދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެ މަނިކުފާނު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، އެ ސިޓީގެ ހުޅުދޫ އަދި މީދޫ މީހުންނާއި އެކި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެ ބައްދަލުވުމުގައި މީހަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރު ހުށަހަޅަން ނިންމި ނަމަވެސް، އެ ކަން ނުކުރެއްވީ އެ ކޮންގްރެސްގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެކު ވެވުނު މަޝްވަރާއަށްފަހު ކަމަށެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އޭރު އެއްބަސްވި ގޮތައް މަޝްވަރާތައް ޕާޓީ ތެރޭގައި ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި މިއީ ކޮންމެހެންވެސް ނަގަންޖެހޭ ވޯޓެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.