English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގައި ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދިނުން/ ފޮޓޯ- ރައީސް އޮފީސް

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2ގެ ޖަނާޒާއަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

އިނގިރޭސި ތާރީޚުގައިވެސް އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވި ރާނީ އެލިޒަބަތު އަވާހާރަވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރާނީ އެލިޒަބަތުގެ ޖަނާޒާ ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ،

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ ރާނީގެ ޖަނާޒާގައި ބައިވެރިވުމަށް ރައީސް ސޯލިހް އަށް ދައުވަތު އަރުވާފައިވާކަމަށާއި ޖަނާޒާއަށް ވަޑައިގަތުމަށް ރައީސް މިހާރު ނިންމަވާފައިވާކަމަށެވެ.

ރާނީ އެލިޒަބަތުގެ ހަށިކޮޅު މިވަގުތު ސްކޮޓްލެންޑްގައި ބާއްވާފައި އޮތް އިރު، އެކަމަނާ އަވަހާރަވި ދުވަހުން ފެށިގެން ޖަނާޒާގެ ކަންކަން ބާއްވަންދެން، ކުރިއަށް ދަނީ ހަށިކޮޅަށް އިހްތިރާމް އަދާ ކުރުމާއި ރަސްމީ އެހެން ކަންކަމެވެ، ރާނީ އެލިިޒަބަތު، އިނގިރޭސި ތަޚުތަށް އިސްވެވަޑައިގެންފައިވަނީ 1952 ވަނައަހަރުއެވެ. ވޭތުވެދިޔަ 70 އަހަރު އިނގިރޭސި ވިލާތަށް ސިޔާސީ ގޮތުންނާއި އިޤްތިސާދީ އަދި އިޖްތިމާޢީ ގޮތުންވެސް ބޮޑު ބަދަލެއް ގެންނެވި ރާނީ އެލިޒަބަތު އަވަހާރަވުމާއެކު ރަސްކަމުގެ ތަޚުތާއި، އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސް ވަނީ ހަވާލުވެވަޑައިގެންފައެވެ.