English Edition
Dhivehi Edition

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު ފާރާތްތަކުގެ ތެރެއިން ފްލެޓު އެއްބަސްވުމުގައި ސޮއިނުކުރާ މީހުންނަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު ފުރުސަތު ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ދީފިއެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައ ބުނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފުލެޓު އެގްރީމަންޓްގައި ސޮއިކުރުމުގެ ކަންކަން ނިންމުމަށް ވަރަށް ގިނަ ދުވަސްތަކެއް ދެވިފައިވާ ކަމަށެވެ. އެހެންކަމުން މިހާތަނަށް އެޗްޑީސީއާއެކު ފުލެޓު އެގްރީމަންޓްގައި ސޮއިކޮށްފައި ނުވާ ފަރާތްތައް މިމަހުގެ 29ވަނަ ދުވަހުގެ ކުރިން ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން އެ މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ފްލެޓް އެގްރީމަންޓްގައި މިމަހުގެ 29ގެ ކުރީން ސޮއި ނުކުރާ މީހުންގެ އަތުން ފްލެޓްތައް އަތުލާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 6720 ފުލެޓުގެ ތެރެއިން މިހާތަނަށް ފްލެޓް ލިސްޓްގައި ސޮއިނުކުރާ މީހުންގެ ނަންތައް ހިމެނޭ ލިސްޓެއްވެސް ވަނީ އާއްމުކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުން މިހާތަނަށް އެގްރީމަންޓްގައި ސޮއިނުކުރާ 40 މީހުން އެބަތިއްބެވެ.